ޤާނޫނުލްޢުޤޫބާތުގެ ބިލު ކޮމިޓީން ނިންމަވައި މަޖިލީހުގެ ރައީސަށް ފޮނުއްވައިފި

ޤާނޫނުލްޢުޤޫބާތުގެ ބިލު ދިރާސާކުރައްވާ ކޮމިޓީން އެބިލުގެ މަސައްކަތް ނިންމަވައި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ޤާނޫނުލްޢުޤޫބާތުގެ ބިލަށް އިޞްލާޙް ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ 26 ޑިސެމްބަރ 2013 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލައްވާފައެވެ.