ބަޖެޓް ރިޕޯޓަށް އިސްލާޙް ހުށްހެޅުމުގެ މުއްދަތު އިތުރު ކުރެވިއްޖެ

2014 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރެއްވުމަށްފަހު ބަޖެޓް ކޮމިޓީގެ ރިޕޯޓް ފޮނުއްވަން އޮތް ތާރީޚަށް ރިޕޯޓް ލިބިފައިި ނުވުމާއި އެކު ބަޖެޓް ރިޕޯޓަށް އިސްލާޙް ހުށަހެޅުމަށް އިތުރު ފުރުސަތު އެރުވުމަށްޓަކައި 24 ޑިސެމްބަރު 2013 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 އަށް އިސްލާޙް ހުށްހެޅުމުގެ މުއްދަތު މިއަދު ވަނީ އިތުރު ކުރެވިފައެވެ.

ބަޖެޓް ރިޕޯޓް ހުށަހެޅުން އޮންނާނީ 25 ޑިސެމްބަރ 2013 ވާ ބުދަ ދުވަހެވެ. އަދި އެދުވަހާއި 26 ޑިސެމްބަރު 2013 ވާ ބުރާސްފަތި ދުވަހު، ޖުމްލަ ދެ ދުވަހު ރިޕޯޓަށް ބަހުސް ކުރުން އޮންނާނެއެވެ. ބަޖެޓަށް ވޯޓަށް އެހުން އޮންނާނީ 29 ޑިސެމްބަރު 2013 ވާ އާދީއްތަ ދުވަހު އެވެ.

މީގެއިތުރުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓް ކުރިންވެސް އެޖެންޑާ ކުރެވިފައިވާގޮތުގެ މަތީން 29 ޑިސެމްބަރު 2013 ވާ އާދީއްތަ ދުވަހު އޮންނާނެއެވެ. އަދި ކުރިންވެސް އިޢުލާން ކުރެވިފައިވާ ގޮތުގެ މަތީން 24 ޑިސެމްބަރު 2013 ވާ އަންގާރަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި އޮޑިޓް އޮފީހުގެ ބަޖެޓާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީން ފޮނުއްވި ރިޕޯޓް ހުށަހެޅުން އޮންނާނެއެވެ.

22 ޑިސެމްބަރު 2013