އެސޯސިއޭޝަން އޮފް ސާރކް ސްޕީކާރސް އެންޑް ޕާލިމެންޓޭރިއަންސް ގެ 7 ވަނަ ކޮންފަރެންސް ގެ ބައްދަލުވުންތައް ފެށިއްޖެ

އެސޯސިއޭޝަން އޮފް ސާރކް ސްޕީކާރސް އެންޑް ޕާލިމެންޓޭރިއަންސް ގެ 7 ވަނަ ކޮންފަރެންސް ގެ ބައްދަލުވުންތައް މިއަދު ހެދުނު ބަންޑޮސް އައިލަންޑް ރިޒޯޓް އެންޑް ސްޕާގައި ފަށައިފިއެވެ.

މިގޮތުން ސާރކްގެ ޕާލިމެންޓުތަކުގެ އަންހެން މެމްބަރުންގެ ކޮމިޓީ އާއި ސެކްރެޓަރީ ޖެނެރަލްސްގެ ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ. އަންހެން މެމްބަރުންގެ ކޮމިޓީގައި މަޝްވަރާ ކުރެއްވީ ދެކުނު އޭޝިޔާގެ ސިޔާސީ މައިދާނުގައި އަންހެން ކަނބަލުން ހަރަކާތްތެރިވުމަށް ހުރި ފުރުޞަތުތަކާއި، އަދި މި ފަދަ ފުރުޞަތުތައް ދެމިއޮތުމަށް ކުރިމަތިވާ ހުރަސްތަކާ ބެހޭގޮތުންނެވެ. މި ބައްދަލުވުމުގެ މުޤައްރިރަކީ މައްޗަންގޯޅި އުތުރުގެ މެމްބަރ މާރިޔާ އަޙްމަދު ދީދީއެވެ.

ސެކްރެޓަރީ ޖެނެރަލްސްގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ މަޖިލީހުގެ އިދާރާތައް ހިންގުމުގައި ޙަރަދު ކުޑަކުރުން، މި މަޢުޟޫއުގެ މައްޗަށެވެ. މި ބައްދަލުވުމުގެ މުޤައްރިރަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙަންމަދެވެ.

ސާރކް ސްޕީކާރސް ކޮންފެރަންސްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ހުރިހާ އިއްޒަތްތެރިން މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން މިއަދު މެންދުރު 14:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހަފްލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ބަނޑޮސް އައިލަންޑް ރިސޯޓް އެންޑް ސްޕާގައި ސްޕީކާރސް ކަންފެރެންސް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު ކުރިއަށްދާނެއެވެ.