2013 ވަނަ އަހަރު ދިވެހި ސަރުކާރުން ނެންގެވުމަށް ހުށަހަޅުއްވާފައިވާ ލޯނުތަކުގައި ހިމެނޭ “އައުޓަރ އައިލަންޑްސް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް ޕްރޮޖެކްޓް 20,000,000 (ވިހި މިލިއަން) ޔޫ.އެސް. ޑޮލަރުގެ ލޯނު” ހުށަހެޅިފައިވާ ގޮތަށް ލޯނުގެ ކަންތައް ކުރިއަށް ގެންދިއުމަށް މާލިއްޔަތު ކޮމިޓީއިން ހުއްދަދެއްވާފައިވަނިކޮށް، ލޯނުގެ ފުރިހަމަ މަޢުލޫމާތުތައް ފޮނުއްވާފައިވާއިރު، ބައެއް މަޢުލޫމާތު ބަދަލުވެފައިވާތީ، އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ލޯނު ނެންގެވުމަށް އުޞޫލެއްގެ ގޮތުން އެއްބަސްވެލައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރައްވާފައިވަނީ 53 މެންބަރުން އިއްތިފާޤުންނެވެ. އަދި 1 މެންބަރަކު ވަކިފަރާތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 24 ޑިސެމްބަރު 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.
16 ޑިސެމްބަރު 2013