ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

speaker 1ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ގެންނެވި 14 އިޞްލާޙާއެކު ކޮމިޓީން ނިންމެވިގޮތަށް މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ގެންނަން ފާސްކުރެވުނު އިޞްލާޙުތަކަކީ، މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު 11 އިޞްލާޙާއި، އެ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުނު 1 އިޞްލާޙާއި، އަދި  އެ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅުނު 2 އިޞްލާޙެކެވެ.

އެ ބިލު އެ އިޞްލާޙުތަކާއެކު ފާސްކުރައްވާފައިވަނީ 54 މެންބަރުންގެ އިއްތިފާޤުންނެވެ.

މިއަދުގެ ޖަލްސާގައި 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅުނު އިޞްލާޙުތަކުގެ ތެރެއިން 1 އިޞްލާޙު ފާހެއްނުވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 ޑިސެމްބަރު 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

16 ޑިސެމްބަރު 2013