އަނިޔާ މަނާކުރުމާއި ހުއްޓުވުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާސްކުރައްވައިފި

Evaއަނިޔާ މަނާކުރުމާއި ހުއްޓުވުމުގެ ބިލު، ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން މިއަދު ފާސްކުރައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ފާސްކުރައްވަން ވޯޓް ދެއްވާފައިވަނީ ޖުމްލަ 53 މެންބަރުންނެވެ.

ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީން ނިންމެވިގޮތަށް ފާސްކުރެއްވުމާގުޅިގެން ބިލުގެ ސުރުޚީ އަކީ މިހާރު އެންޓި ޓޯޗަރ ބިލު 2013، އެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 24 ޑިސެމްބަރު 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

16 ޑިސެމްބަރު 2013