އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، ކުރިއަށްގެންދާ ” ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2013″ ގެ 40 ބައިވެރިން ހުށަހެޅި މޮކް – ޕާލިމެންޓްގެ ޖަލްސާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ބައްލަވާލައްވައިފިއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި 1 ގަޑިއިރަށް ކުރިއަށް ގެންދިޔަ މޮކް – ޕާލިމެންޓް ގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ބިލަށް ޕްރޮގްރާމުގެ ބައިވެރިން ވާހަކަދައްކާފައިވެއެވެ.
އަތޮޅުތަކާއި މާލެއިން ހޮވާލެވިފައިވާ ޒުވާނުން ބައިވެރިވި މި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިއަދުގެ ނިޔަލަށެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއިއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
” ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2013″ ގެ 40 ބައިވެރިން ހުށަހެޅުއްވި މޮކް – ޕާލިމެންޓް 22 ޑިސެމްބަރ 2013 ވާ އާދީއްތަ ދުވަހު، ޓެލެވިޜަން މޯލްޑިވްސް އިން ބްރޯޑްކާސްޓް ކުރުމަށް ހަމަޖެހިފައިވެއެވެ.