ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ ތިންބައްދަލުވުމެއް މިއަދު ބާއްވައިފި

ބަޖެޓް ދިރާސާކުރައްވާ ކޮމިޓީގެ ތިންބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މިގޮތުން،ބަޖެޓް ދިރާސާކުރައްވާ ކޮމިޓީން މިއަދު ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި 2014 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވާ މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭގޮތުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މާލޭ ސިޓީ ކައުންސިލް، އައްޑޫ ސިޓީ ކައުންސިލް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ބަޖެޓާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވިއެވެ.

އަދި، މިކޮމިޓީގެ ދެވަނަ ބައްދަލުވުމުގައި، ކޮންސްޓްރަކްޝަން ދާއިރާއަށް ދިމާވެފައިވާ ދަތިތަކާގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުންނާއި އަދި 2014 ވަނަ އަހަރު ދައުލަތުގެ ބަޖެޓްގެގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.

މީގެއިތުރުން ބޭއްވުނު މިކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ އާއި އޮޑިޓަރ ޖެނެރަލްއާ ވަކިވަކިން ބައްދަލުކުރައްވައި 2014 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާގުޅޭ ގޮތުން ފަންނީލަފާ ހޯއްދެވިއެވެ.

14 ޑިސެމްބަރު 2013