ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން މަނިކު މަގާމުން ވަކިކުރުމަށް އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕުން ފޮނުއްވި ގަރާރު އަނބުރާ ފޮނުވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން މަނިކު މަގާމުން ވަކިކުރުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ  ޕާލަމެންޓްރީ ގްރޫޕުން ފޮނުއްވި ގަރާރު އަނބުރާ ފޮނުވާލައްވައިފިއެވެ.

އެމް.ޑީ.ޕީގެ  ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙްއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ 2013 ނޮވެމްބަރ 10 ވަނަ ދުވަހުގެ ނިއަލަށް ޤާނޫނުއަސާސީގައި ވާގޮތުގެ މަތިން 2008 ނޮވެމްބަރ 11 ގައި ފެށުނު ރިޔާސީ ދައުރު ނިމުމަކަށް އައިސްފައިވުމާއެކު ހުށަހަޅުއްވާފައިވާ ގަރާރު މިހާރު ކުރިއަށް ނުގެންދެވޭނެތީ އެ ގަރާރު އަނބުރާ ފޮނުއްވީ ކަމުގައެވެ.