ސަރޖަންޓް-އެޓް-އާމްސްގެ މަޤާމަށް މ.މިލިއަން / މުޙައްމަދު ޙަލީމް ޢައްޔަނުކުރައްވަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި

އްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ސަރޖަންޓް-އެޓް-އާމްސްގެ މަޤާމަށް މ.މިލިއަން / މުޙައްމަދު ޙަލީމް ޢައްޔަނުކުރައްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތުން މ.މިލިއަން / މުޙައްމަދު ޙަލީމް ޢައްޔަނުކުރައްވަން ފާސްކުރައްވާފައިވަނީ 56 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 1 މެންބަރެކެވެ.

މިއަދުގެ ޖަލްސާގައި ސަރޖަންޓް-އެޓް-އާމްސްގެ މަޤާމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން 3 ނަމެއް ހުށަހަޅުއްވާފައިވެއެވެ. ނަމަވެސް ވޯޓަށް އެއްސެވި ފުރަތަމަ ނަން ފާސްކުރެއްވުމާގުޅިގެން އިތުރުނަމަކަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.

30 އޮކްޓޯބަރ 2013