މަޖިލީހުގެ އިދާރާގައި ބޭނުން ކުރަމުންދާ ކޮފީ މެޝިންގެ ތެރެއިން ގިނަ އަދަދެއްގެ ބޭސްގުޅަތަކެއް ފެނިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އިދާރާގައި ބޭނުން ކުރަމުންދާ ކޮފީ މެޝިންގެ ތެރެއިން ގިނަ އަދަދެއްގެ ބޭސްގުޅަތަކެއް މިއަދު ފެނިއްޖެއެވެ.

 މިކަން އެނގިފައިވަނީ މިއަދު ހެނދުނު މެންބަރުންނަށް ޙާއްޞަކުރެވިފައިވާ ކޮފީ މެޝިނުން، މަޖިލީހުގެ މުވައްޒަފަކު ކޮފީ ތައްޔާރުކުރަމުން ދަނިކޮށް ކޮފީމެޝިނަށް އަޅާފައިވާ ފެނުގެ ކުލަ ބަދަލުވެފައިވުމުން، އެމުވައްޒަފު ކޮފީ މެޝިން ޗެކް ކުރުމުންނެވެ.

 މިމައްސަލަ، މިހާރު ދަނީ އެމް.އެން.ޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ތަޙުގީގުކުރައްވަމުންނެވެ.