ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 26 މެންބަރަކު ސޮއިކުރައްވައި, ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމާ 28 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހު އެޖެންޑާކުރުމަށް ނިންމަވާފައިވާ ކަމުގައި މަޖިލީހުގެ އިދާރާގެ ނަންބަރު: 57-D/MJLS/2013/369 ސިޓީން ދެންނެވިފައިވީކަމުގައިވިޔަސް ބަންޑާރަނައިބު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު މިއަދު 27 އޮކްޓޯބަރ 2013 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީއެއްގައި އެކަމަނާ އާލާސްކަންފުޅާ އުޅުއްވާކަމަށް އަންގަވާފައިވާތީ އެ މައްސަލަ މާދަމާ 28 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހު ނުބާއްވާގޮތަށް މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.
ދެން އެމައްސަލަ އޮންނާނީ 29 އޮކްޓޯބަރ 2013 ވާ އަންގާރަ ދުވަހު ކަމުގައިވެސް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.
27 އޮކްޓޯބަރ 2013