އެމްއެންޑީއެފް އިން މިއަދު ހެނދުނު މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ޙަޤީޤަތާ ޚިލާފް ވާހަކަ ތަކެއް ލިޔުއްވާފައިވާތީ އެސިޓީ އަނބުރާ ފޮނުވާލައްވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރައްޔިތުންގެ މަޖިލީހުގެ ދެމެންބަރަކު މަޖިލީހަށް ޙާޟިރުވެ ވަޑައިގަތުމާއިގުޅޭގޮތުން މަޖިލީހުގެ ރައީސަށް މިއަދު ފޮނުއްވި ސިޓީގައި މަޖިލީހުގެ އަމީން ޢާންމު ވިދާޅުވިކަމަށް ވިދާޅުވެ ހިމަނުއްވާފައިވާ ބައެއް ވާހަކަ ތަކަކީ ޙަޤީޤަތާ ޚިލާފް ވާހަކަ ތަކެއް ކަމަށް ވާތީ އެސިޓީ އަނބުރާ އެމްއެންޑީއެފް އަށް މިއަދު ފޮނުއްވައިފިއެވެ.

އެސިޓީ އަނބުރާ ފޮނުއްވުމަށް މަޖިލީހުގެ އަމީން ޢާންމު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ “އެސިޓީގައި އަޅުގަނޑު ދެންނެވި ކަމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަވާ ބޭފުޅުން ވިދާޅުވެފައިވާ ވާހަކަ ތަކުގައި ހަޤީޤަތާ އެއްގޮތް ނޫން ވާހަކަތަކެއް ވަނީ ހިމެނިފައެވެ.”

26 އޮކްޓޯބަރ 2013