ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމާ ބެހޭ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ހަތްވަނަ ބައްދަލުވުން މިއަދު ބާއްވައިފި(2.6.2010)

ގުއަންޓަނާމޯބޭ ޖަލުގެ ބައެއް ޤައިދީން ރާއްޖެ ގެނައުމަށް ދިވެހިރާއްޖޭގެ ސަރުކާރާއި އެމެރިކާގެ ސަރުކާރާއި ދެމެދު އެއްބަސްވުންތަކެއްވެވިފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެން މިކަމުގެ ޙަޤީޤަތަކީ ކޮބައިކަން ބައްލަވައި ދެއްވުމަށް އެދިވަޑައިގެން ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީގެ ހަތްވަނަ ބައްދަލުވުން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާގޭގައި ބާއްވައިފިއެވެ.

މިއަދުގެ ބައްދަލުވުމަށް 8 މެންބަރުން ޚާޒިރުވެވަޑައިގަތެވެ. ރިޔާސަތު ބެލެހެއްޓެވީ ޤައުމީ ސަލާމަތުގެ ކޮމިޓީގެ މުޤައްރިރު މުލަކު ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީންއެވެ. މިބައްދަލުވުން ކުރިއަށްގެންދެވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ދެން އޮންނާނީ 3  މެއި 2010 ވާ ބުރާސްފަތިދުވަހު ހެނދުނު 10 ޖަހާއިރުއެވެ.