ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 6 ވަނަ ޖަލްސާ ހޮނިހިރު ދުވަހު އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 6 ވަނަ ޖަލްސާ 26 އޮކްޓޯބަރ 2013 ވާ ހޮނިހިރު ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާގޭގައި އޮންނާނެއެވެ.

މިޖަލްސާއަށް އެޖެންޑާކުރެވިފައިވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވާފައިވާ ތާރީޚުތަކުގައި އިންތިޚާބު ބާއްވަވާނަމަ، 11 ނޮވެމްބަރ 2008 ގައި ފެށުނު ރިޔާސީ ދައުރު ހަމަވާއިރު، ޤާނޫނުއަސާސީގެ 111 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިޚާބުކޮށްފައިވާ ރައީސަކު ނެތުމުގެ ފުރުސަތު އޮތްކަމަށާއި، އަދި މިޙާލަތަކީ ޤާނޫނީ މައްސަލަތަކެއް ދިމާވާނެ ޙާލަތެއްކަމަށާއި، އަދި މި މައްސަލަތައް ޙައްލުކުރުން އެންމެ އެކަށީގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާކަމަށާއި، މި މައްސަލަތަކަށް ޙައްލު ހޯއްދެވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން އިސް ނަންގަވައިގެން ކުރިއަށް ގެންގޮސްދެއްވުން އެދިވަޑައިގެން 23 އޮކްޓޯބަރ 2013 ވީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އެވެ.

24 އޮކްޓޯބަރ 2013