އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ޓީމެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

_CHR0334

މިއަހަރުގެ ރިޔާސީ އިންތިޚާބު ކުރިއަށް ދާގޮތް ބެއްލެވުމަށްޓަކައި މިހާރު ދިވެހިރާއްޖެއަށް ވަޑައިގެން އުޅުއްވާ އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ޓީމްގެ ހެޑް އޮފް ޑެލިގޭޝަން، ލީޑަރ ފޯރ ސައުތް އޭޝިއާ، އޭޝިއާ އެންޑް ޕެސިފިކް ޑިވިޝަން، ހިޓޯކީ ޑެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ސުލްޙަވެރި ރިޔާސީ އިންތިޚާބެއް ބޭއްވި، ރައްޔިތުން އެދޭގޮތަށް ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އދ.ގެ ޑިޕާޓްމަންޓް އޮފް ޕޮލިޓިކަލް އެފެއަރޒްގެ ޓީމްގެ ފަރާތުން ރާއްޖޭގެ ރިޔާސީ އިންތިޚާބާ، އިންތިޚާބާ ގުޅިގެން ޚިލާފު އުފެދިފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާދު ސާފުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، އދ.ގެ ރާއްޖެ އޮފީހުގެ، އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރ ޓޯނީ ލައިލް އާއި މޯލްޑިވްސް ޑެސްކް، އޭޝިއާ އެންޑް ޕެސިފިކް ޑިވިޝަން ޔޯންސިއޯން ހިއޯ، ސީނިއަރ އިލެކްޓޯރަލް އެޑްވައިޒަރ ޖަޖް ޔޯހާން ކްރީގްލާރ އަދި ޕީސް އެންޑް ޑިވެލޮޕްމެންޓް އެޑްވައިޒަރ ކްރެގް ކޮލިންސް ބައިވެރިވެވަޑައިގެންނެވިއެވެ.

22 އޮކްޓޯބަރ 2013