ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަޤާމަށް މެންބަރަކު ކަނޑައެޅުމުގެ މައްސަލައިގެ ބަހުސް ނިންމަވާލައްވައިފި

Jalsa today

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅުއްވާފައި ހުންނެވި މެންބަރުގެ މަޤާމު ހުސްވެފައިވާތީ، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ މަޤާމަށް މެންބަރަކު ކަނޑައެޅުމުގެ މައްސަލައިގެ ބަހުސް މިއަދު ނިންމަވާލައްވައިފިއެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި ދެނަމެއް ހުށަހެޅި ތާއީދު ލިބިފައިވެއެވެ. އެއީ ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާގެ ނަންފުޅެވެ.

މިއަދުގެ ޖަލްސާގައި ޖުމްލަ 12 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ. މިމައްސަލައަށް ވޯޓަށް އެހުން އޮންނާނީ މާދަމާ އޮންނަ ޖަލްސާގައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 އޮކްޓޯބަރ 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

21 އޮކްޓޯބަރ 2013