އިމްތިޔާޒް ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން، ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރައްވައިފި

އިމްތިޔާޒް ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް 30 ސެޕްޓެމްބަރ 2013 ގައި ގެންދިއަ މައްސަލަ އާއި ގުޅިގެން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ތަޢުފީޤް އާއި ލާންސް ކޯޕްރަލް އަބްދުއްރަޙީމް، ކޮމިޓީއަށް ހާޒިރުކުރުމަށް ކޮމިޓިން ނެރެފައިވާ އަމުރާ ގުޅޭ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން، އެފަރާތްތަށް ހާޒިރުކޮއްދިނުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް އެ މުއައްސަސާއިން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާ ކުރެއްވިއެވެ.

އަދި، މިމައްސަލައާމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވަނީ، ކައުންސެލް ޖެނެރަލްގެ ލަފާއެއް ހޯއްދެއްވުމަށްފަހު، މިމައްސަލަ ކުރިއަށް ގެންދެވުމަށެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަދި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރުއެވެ.