ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެންބަރަކު ކަނޑައެޅުމުގެ މައްސަލަ، އެޖެންޑާ ކުރައްވާނެ ތާރީޚެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވައިފި

ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެންބަރަކު ކަނޑައެޅުމުގެ މައްސަލަ، 21 އޮކްޓޯބަރ 2013 ވާ ހޯމަ ދުވަހު ބޭއްވޭ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަންގަވައިފިއެވެ.

މިކަން، ރައްޔިތުންގެ މަޖިލީހުުގެ މެންބަރުންނަށް އަންގަވާފައިވަނީ މިއަދު، 10 އޮކްޓޯބަރ 2013 ވީ ބުރާސްފަތިދުވަހުއެވެ.