ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު އަދި ނައިބު މުޤައްރިރުކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހޮއްވަވައިފި

_CHR2339

މިއަދު ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މި ދައުރުގެ 2 ވަނަ ބައްދަލުވުމުގައި، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާއެކު، އަލުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާ ލުމާއިގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. މިގޮތުން ކޮމިޓީގެ މުޤައްރިރުކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު އަދި ނައިބު މުޤައްރިރު ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހޮވިވަޑައިގެންނެވީ ފެނިވަޑައިގަންނަވާ ކަމަށް 6 މެންބަރުން ވޯޓުދެއްވައިގެންނެވެ.

މިއަދު ބޭއްވުނު ޤައުމީ ސަލާމަތުގެ ކޮމިޓީގެ  ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އަދި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުއެވެ.