ޖޯޑަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތް ކުރައްވައިފި

_CHR0929 ޖޯޑަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ހިޒް އެކްސެލެންސީ މރ. ނަވާފް ޚަލީފާ ސަރައިރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވުނު މިޒިޔާރަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޯޑަންގެ އައު ސަފީރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާގުޅޭ ގޮތުންނާއި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ.

މީގެއިތުރުން، މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖޯޑަންއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޖޯޑަންގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.