ސްވިޑްން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

_CHR0872 ސްވިޑްން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރު ހެރާލްޑް ސޭންޑްބާރގް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިޒިޔާރަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ސަފީރަށް މަރްޙަބާ ވިދާޅުވެ ވާހަކަފުޅުދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްވިޑްންއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭގޮތުންނާއި، މިގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސްވިޑްންގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. އަދި މަޖިލީހާއި، މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ ރައީސް ސަފީރަށް މަޢުލޫމާތު ދެއްވިއެވެ.