ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މާދަމާ ހެނދުނު 10:00 އަށް ފަސްކުރެވިއްޖެ

މިރޭ، 22 ސެޕްޓެމްބަރ 2013 ވީ އާދީއްތަ ދުވަހުގެރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް، މަޖިލީހުގެ އިދާރީ މޭޒުގެ ސިސްޓަމްތަކަށް ގެއްލުން ދީފައިވާތީ، އެ ކޭބަލްތައް މަރާމާތުކުރުމަށްފަހުގައި މެނުވީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތުމާއެކު، މިރޭގެ ޖަލްސާ މެދުކަނޑާލުމަށްފަހު، އެ ޖަލްސާ މާދަމާ، 23 ސެޕްޓެމްބަރ 2013 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ކުރިއަށް ކުރިއަށް ގެންދެވުމަށް ރިޔާސަތުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.

22 ސެޕްޓެމްބަރ 2013