2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ 3 އޮކްޓޯބަރ 2013ގައި

2013 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މިއަދު ނިންމަވާލައްވައިފިއެވެ. މިދައުރުގައި ޖުމްލަ 20 ޖަލްސާ ބާއްވައި 5 ބިލެއް ފާސްކުރައްވާފައިވެއެވެ. މިދައުރުގައި ފާސްކުރެވުނު  5 ބިލަކީ ޤާނޫނު ނަންބަރު 13/2010(ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، އާބިޓްރޭޝަނުގެ ބިލު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލު އަދި ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ 3 އޮކްޓޯބަރ 2013 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.

29 އޮގަސްޓް 2013