ޤައުމީ ތަރައްޤީ ކޮމިޓީގެ މުޤައްރިރުކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު, ނައިބު މުޤައްރިރު ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހޮއްވަވައިފި

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީ ކޮމިޓީގެ 15 ވަނަ ބައްދަލުވުމުގައި، މަޖިލީހުގެ ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ޢަދަދަށް އައި ބަދަލާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 120 ވަނަ މާއްދާގެ ދަށުން ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮއްވެވުމަށް ހުށަހެޅުއްވުމުން، ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 6 މެންބަރުންގެ ޢިއްތިފާޤުން، ކޮމިޓީގެ މުޤައްރިރުކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު އަދި ނައިބު މުޤައްރިރު ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ހޮއްވަވައިފިއެވެ.

މިއަދު ބޭއްވުނު ޤައުމީ ތަރައްޤީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު،ކޮމަންޑޫ ދާއިރާގެ މެންބަރު މެންބަރު ޙުސައިން ވަޙީދު، އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް އަމީން، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރުއެވެ.