”ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު” ގެ މެންބަރުންގެ ޢިނާޔަތްތައް ކަނޑައަޅައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓްގެ ބަހުސް ނިންމަވާލައްވައިފި

ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ”ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު” ގެ މެންބަރުންގެ ޢިނާޔަތްތައް ކަނޑައަޅައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓްގެ ބަހުސް ނިންމަވާލައްވައިފިއެވެ.

 މިގޮތުން މިއަދުގެ ޖަލްސާގައި މިރިޕޯޓަށް ޖުމްލަ 9 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

ހުސްވަގުތުކޮޅަށްފަހު އޮތް މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް އެވެ.

13 އޮގަސްޓް 2013