ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވައިފި

މިއަދު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކުރައްވައި ނިންވެވިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވައިފިއެވެ. މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވަވައި ދެއްވާފައިވަނީ ކޮމިޓީގެ މެންބަރު ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާއެވެ.

މިއަދުގެ ޖަލްސާގެ ވަގުތު ހަމަވީއިރު، މި ރިޕޯޓަށް ޖުމްލަ 6 މެންބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 13 އޮގަސްޓް 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގެ ގޭގައެވެ.