އެޓަރނީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވި، އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފި

DSC_0573

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވައި، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރަށް ރުހުން ދެއްވަން ފެނިވަޑައި ގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވުނު މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ނިންމަވައިފިއެވެ.

މިގޮތަށް ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވީ 38 މެންބަރުންނެވެ. ފެނިވަޑައިނުގަންނަވާކަމަށް 31 މެންބަރުން ވޯޓް ދެއްވާފައިވާއިރު އެއްވެސް މެންބަރަކު ވަކިފަރާތަކަށް ވޯޓް ދެއްވާފައެއް ނުވެއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދަށް އައި ބަދަލާއި ގުޅިގެން، ކޮމިޓީތަކަށް ހުށަހަޅާ ބަދަލާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކުގެ މެދުގައި އިތުރަށް މަޝްވަރާކުރެއްވުމުގެ މަސައްކަތް މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް އާ ރިޔާސަތުން ހަވާލުކުރެއްވިއެވެ. އަދި މަޝްވަރާތައް ނިމެންދެން ކޮމިޓީތަކުގެ މަސައްކަތް ހުއްޓާލެވިފައިވާކަން އިޢުލާންކުރެއްވިއެވެ.