ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އިއްވަވައިފި

DSC_0632

މިއަދު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލިހުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ ބަންޑާރަ ނައިބުގެ ގޮތުގައި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ މ. އާސްތާނާ، އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރަށް ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް އިއްވަވައިފިއެވެ. މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވަވައި ދެއްވާފައިވަނީ ކޮމިޓީގެ ނައިބު މުގައްރިރު ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އެވެ.

ރިޕޯޓް އިއްވެވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރިޕޯޓާއި ގުޅޭ ގޮތުން ބަހުސްކުރެއްވުމަށް ފުރުސަތު ހުޅުވާލެއްވުމުން، 5 މެންބަރުން ބަހުސްކުރައްވާފައިވެއެވެ.

އަދި މި މައްސަލައާއި ބެހޭގޮތުން ގޮތެއް ނިންމުމަށް 1:30 ގައި ވޯޓަށް އެއްސެވުމަށް ރިޔާސަތުންވަނީ އިއުލާން ކުރައްވާ، ޖަލްސާ މެދުކަނޑާލައްވާފައެވެ. ދެން ޖަލްސާ ފައްޓަވާނީ މެންދުރު 1:25 ގައެވެ.