އެމެރިކާ އެމްބަސީގެ ޝާޜޭ ޑެފެއާ އާ ޕޮލިޓިކަލް ކައުންސެލަރ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

DSC_0002

އެމެރިކާ އެމްބަސީގެ ޝާޜޭ ޑެފެއާ ވިލިއަމް ވައިންސްޓައިން އާ ޕޮލިޓިކަލް ކައުންސެލަރ މައިކަލް ހޮނިގްސްޓައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގެ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.