ޤައުމީ ސަލާމަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ބިލު ދިރާސާކުރައްވައިފި

މިއަދު ބޭއްވުނު ޤައުމީ ސަލާމަތު ކޮމިޓީގެ 28 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ބިލު ދިރާސާކުރައްވައިފިއެވެ.

މިގޮތުން މިއަދުގެ ބައްދަލުވުމުގައި، މިބިލަށް، އެޓާރނީ ޖެނެރަލްގެ ލަފާފުޅުމަތިން ގެންނަން ފެންނަށް އިސްލާހުތައް ބަޔާންކޮށް ރައީސުލުޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީގައި ފާހަގަ ކުރައްވާފައިވާ ނުކުތާތަކުގެ އަލީގައި ބިލު އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލްޢަފޫރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤު މުފީދު، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒުއެވެ.