އިޖުތިމާޢީ ކޮމިޓީގެ 4 ވަނަ ބައްދަލުވުން ބާއްވައިފި

DSC_0714 މިއަދު ބޭއްވުނު އިޖުތިމާޢީ ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި، ސަބް ކޮމިޓީން ނިންމެވި އިޖްތިމާޢީ ރައްކާތެރިކަމުގެ ބިލު ދިރާސާކުރެއްވިއެވެ. މި ގޮތުން ސަބް ކޮމިޓީން ނިންމެވި ބިލުގެ ބައެއް މާއްދާތަކަށް އިޞްލާޙުގެންނަވައި މި އިޞްލާޙްތަކާއެކު ބޮޑު ކޮމިޓީން ބިލު ފާސްކުރެވުނެވެ.

އެއަށްފަހު ކުރިއަށްގެންގޮސްފައިވަނީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ހުށަހަޅުއްވާފައިވާ އިޞްލާޙް ދިރާސާކުރެއްވުމެވެ. މިގޮތުން މި ބިލުގެ 72 ވަނަ މާއްދާ އިޞްލާޙް ކުރައްވަވާ ނިންމެވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރުއެވެ.