ޔޫރަޕިއަން ޕާލިމަންޓްގެ މެންބަރުންގެ ވަފުދެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައްދަލުކުރައްވައިފި

DSC_0141 ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ރާއްޖެއަށް ވަޑައިގެންއުޅުއްވާ ޔޫރަޕިއަން ޕާލިމަންޓްގެ މެންބަރުންގެ ވަފުދާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަފުދެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމުގެ ކުރިން މަޖިލިހުގެ ނާއިބް ރައީސް އަލްފާޟިލް އަޙުމަދު ނާޒިމް މިބޭފުޅުންނާއި ވަކިން ބައްދަލުކުރެއްވިއެވެ.

މިއަދު ބޭއްވުނު މި ދެ ބައްދަލުވުމުގައި ވަފުދުގެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އަދި ޔޫރަޕިއަން ޕާލިމަންޓްގެ ވަފުދާއި އެކު ރާއްޖޭގެ ސިޔާސީ މަޝްރަހާއި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ބެހޭގޮތުން، ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.  މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދާއި ބެހޭ ގޮތުންވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ޔޫރަޕިއަން ޕާލިމެންޓްގެ 7 މެންބަރުންގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ޖީން ލެމްބާރޓްއެވެ.

DSC_0148