ޢިމާދުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލިސްކުރާ ގެއަށް މިއަދު ޒިޔާރަތްކޮށް މަޢުލޫމާތު ހޯދައިފި

ޢިމާދުއްދީން ސްކޫލް ގްރޭޑް 7 ގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ޒިޔާރަތްކޮށް ރައްޔިތުންގެ މަޖިލީހާބެހޭގޮތުން މަޢުލޫމާތު ހޯދައިފިއެވެ. މިޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނާ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައި، ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކުރާމަސައްކަތްތަކާއި، މެންބަރުންގެ ދައުރާއި މަސްޢޫލިއްޔަތު، އަދި ރައްޔިތުންނާއި މަޖިލީހާއިހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދު އާއި ޕާލިމެންޓްރީ އެޑިޔުކޭޝަންޓީމްގެ ފަރާތުން ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައިވެއެވެ. އަދި މިޒިޔާރަތުގައި ބައިވެރިވި ދަރިވަރުންނާއި މުދައްރިސުން މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ވަދެވަޑައިގެން، މަޖިލިސްކުރާ މާލަން ބައްލަވާލެއްވިއެވެ.

މިޒިޔާރަތަކީ، މަޖިލީހުގެ އިދާރާގެ ފަރާތުން ރައްޔިތުން މަޖިލީހާމެދު ޢާންމު ރައްޔިތުންނާއި، ޒުވާން ޖީލްތައް ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ޕާލިމެންޓްރީ އެޑިޔުކޭޝަން ޕްރޮގްރާމްގެ ދަށުން އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. އަދި މިކަން އިންތިޒާމުކުރެވުނީ ގްރޭޑް 7 ގެ ސޯޝަލް ސްޓަރޑީސް މާއްދާގައި ހިމެނިގެންވާ ޔުނިޓް 11 ގައިވާ ރައްޔިތުންގެ މަޖިލީހާއިބެހޭ ފިލާވަޅަށް އިތުރު މަޢުލޫމާތު އޮޅުންފިލުވައިދިނުމުގެ ގޮތުން މިސްކޫލުގެ އެދިވަޑައިގަތުމުގެ މަތިންނެވެ.