ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަވައިފި

ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްގެންދަވައިފިއެވެ.

މިގޮތުން މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 16 މެންބަރުން ބަހުސް ކުރައްވާފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ބިލުގެ ފުރަތަމަ ކިޔުންވެސް މިއަދުގެ ޖަލްސާގައި އިއްވަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާގެ (ރ)ގެ ދަށުން މާފަންނު ދެކުނު ދާއިރާ މެންބަރު އިބްރާހީމް ރަޝީދުގެ ނަން އިއްވަވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 1 ޖުލައި 2013 ވާ ހޯމަ ދުވަހު ހެނދުނު 09:00 ޖަހާއިރު މަޖިލީސްކުރާ ގޭގައެވެ.

17ޝަޢުބާން 1434

26 ޖޫން 2013