މަރުގެ ޙުކުމް ތަންފީޛުކުރުމުގެ ބިލާއި ފެނުގެ ބިލު ބަލައިގަތުމަށް ނުފެންނަކަމަށް މަޖިލީހުން ނިންމަވައިފި

ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، މަރުގެ ޙުކުމް ތަންފީޛުކުރުމުގެ ބިލާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ، ފެނުގެ ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މަރުގެ ޙުކުމް ތަންފީޛުކުރުމުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 18 މެންބަރުން ވޯޓް ދެއްވާފައިވާއިރު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 26 މެންބަރުންނެވެ.

 ފެނުގެ ބިލު ބަލައިގަންނަން ފެނިވަޑައިގަންނަވާކަމަށް 21 މެންބަރުން ވޯޓް ދެއްވާފައިވާއިރު ފެނިވަޑައިނުގަންނަވާކަމަށް ވޯޓް ދެއްވީ 26 މެންބަރުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 25 ޖޫން 2013 ވާ އަންގާރަ ދުވަހު ހެނދުނު 09:00 މަޖިލީސްކުރާ ގޭގައެވެ.

15ޝަޢުބާން 1434

24 ޖޫން 2013