ރީޖަނަލް ޕާލިމަންޓޭރިއަންސް ޗެމްޕިއަންސް ކޮންފަރެންސް އޮން އެޑްވޮަކަސީ ފޯރ އައި.ސީ.ޕީ.ޑީ ބިޔޯންޑް 2014 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބައިވެރިވެވަޑައިގެންފި

ރީޖަނަލް ޕާލިމަންޓޭރިއަންސް ޗެމްޕިއަންސް ކޮންފަރެންސް އޮން އެޑްވޮކަސީ ފޯރ އައި.ސީ.ޕީ.ޑީ ބިޔޯންޑް 2014 ގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ބައިވެރިވެވަޑައިގެންފިއެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މި ޖޫން މަހުގެ 14 ން 15 އަށް ބޭއްވުނު މިކޮންފަރެންސް،  އޭޝިއަން ފޯރަމް އޮފް ޕާލިމަންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް ގެ ފަރާތުން އިންތިޒާމް ކުރައްވާފައިވަނީ ސެޕްޓެމްބަރމަހު ބެންކޮކްގައި ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ އޭޝިއަން އެންޑް ޕެޝިފިކް ޕޮޕިއުލޭޝަން ކޮންފަރެންސް (APPC)އަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މި ކޮންފަރެންސްގެ މަޤްޞަދުގެ ތެރޭގައި، ތަރައްޤީއަށް ބޭނުންވާ ނަތީޖާ ޚާސިލްކުރުމަށް، ޤައުމީ ފެންވަރުގައި، ދުރުރާސްތާއަށް ފާހަގަކުރެވިފައިވާ މުހިންމު މައްސަލަތަކާބެހޭގޮތުން 6 ވަނަ އޭ.ޕީ.ޕީ.ސީއަށް ރަނގަޅު ނަތީޖާއަށް ނެރުމާއި، އަދި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން ހުށަހެޅޭނެ ސްޓޭޓްމެންޓެއް ތައްޔާރުކުރުން ހިމެނެއެވެ.