މާލިއްޔަތު ކޮމިޓީން އިލެކްޝަންސް ކޮމިޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި

DSC_0031

މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 28 ވަނަ ބައްދަލުވުމުގައި، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ބޭނުންވާ ފައިސާ ލިބުން ލަސްވަމުންދާތީ، ބަޖެޓަށް ލިބިފައިހުރި ފައިސާ ޚަރަދުކުރުމުގައި ދަތިތަކެއް ދިމާވަމުން ދިޔުމުގެ ސަބަބުން އލެކްޝަންސް ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިތަކެއް ދިމާވެފައިވާތީ، މިކަންކަން ހައްލުކުރުމަށް މަޝްވަރާކުރުމަށްޓަކައި އެ ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް މުޙައްމަދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން އާދިލް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއެވެ.