އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި ޖިންސީ ކުށުގެ ބިލު ދިރާސާކުރެއްވުން ކުރިއަށް ގެންދަވައިފި

DSC_0327މިއަދު ބޭއްވުނު އިޖުތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމުގައި، ޖިންސީ ކުށުގެ ބިލު ދިރާސާކުރެއްވުން ކުރިއަށް ގެންދެވިއެވެ. މިގޮތުން މިއަދުގެ ބައްދަލުވުމުގައި، ބިލުގެ 44 ވަނަ މާއްދާއިން ފެށިގެން 47 ވަނަ މާއްދާއަށް ބައްލަވައި މަޝްވަރާކުރެވުނެވެ. އަދި ބިލުގެ މިމާއްދާތަކާބެހޭ ގޮތުން ކުރެވުނު މަޝްވަރާގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޤާނޫނީ ބޭފުޅެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިފައިވެއެވެ.

 ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު އަދި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދުއެވެ.