ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

DSC_0043 ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައިފިއެވެ.

 މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތާއިބެހޭ މަޢުލޫމާތު ޚާއްސަ މަންދޫބަށް މަޖިލީހުގެ ރައީސް އެރުވިއެވެ. އަދި ކޮމަންވެލްތުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި މިއަހަރަކީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ އަހަރު ކަމަށް ވުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވައި ޚިޔާލު ބަދަލުކުރެއްވިއެވެ.