ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ 3 ޖޫން 2013 ވާ ހޯމަ ދުވަހު އޮންނާނެ

ރައްޔިތުންގެ މަޖިލީހުގެ 2013 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ 3 ޖޫން 2013 ވާ ހޯމަ ދުވަހު އޮންނާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓްމަހުގެ ނިޔަލަށެވެ. އަދި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ އެ ދައުރެއްފެށޭ ތާރީޚާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހު ކަމުގައެވެ.

މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިބްތިދާއީ ބަހުސް ކުރުމަށް 6 ބިލެއް އެޖެންޑާ ކުރެވިފައިވެއެވެ. އަދި 2 ބިލެއް މަޖިލީހަށް ތައާރަފްކުރަން ހަމަޖެހިފައިވެއެވެ.

23 ރަޖަބު 1434

2 ޖޫން 2013