9 ވަނަ ރީޖަނަލް ވިމެން ޕާލިމެންޓޭރިއަންސް އެންޑް މިނިސްޓަރސް ކޮންފަރެންސްގައިި ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް ބައިވެރިވެވަޑައިގެންފި

9 ވަނަ ރީޖަނަލް ވިމެން ޕާލިމެންޓޭރިއަންސް އެންޑް މިނިސްޓަރސް ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ވަފްދެއް ބައިވެރިވެވަޑައިގެންފިއެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި މި މެއި މަހުގެ 15 ން 16 އަށް ކުރިއަށްދިއަ މިކޮންފަރެންސްގައި  ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އެވެ.