ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާގެ މިނިސްޓަރ އޮފް ޕާލަމެންޓަރީ އެފެއަރޒް އެންޑް އަރބަން ޑިވެލޮޕްމެންޓް އާއި ބައްދަލުކުރައްވައިފި

DSC_0070ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިންޑިއާގެ މިނިސްޓަރ އޮފް ޕާލަމެންޓަރީ އެފެއަރޒް އެންޑް އަރބަން ޑިވެލޮޕްމެންޓް އޮނޮރަބްލް ކަމަލްނާތު އާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހާބެހޭ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ. އަދި މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބާ ބެހޭ މަޢުލޫމާތު ހިއްސާ ކުރެއްވިއެވެ.

27 ޖުމާދަލްއާޚިރު 1434

07 މެއި 2013