ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު ބަލައިގެންފި

speaker todayސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަނެފައިވަނީ 58 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ބިލު ބަލައިގަތުމާގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ތަރައްޤީގެ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ބިލު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާފައިވެއެވެ. ނަމަވެސް މި ބިލު ބަލައިގަންނަން ފާސްކުރައްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ބިލުގެ ބަހުސް ކުރައްވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް 5 މެންބަރުން ވާހަކަ ދައްކާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 22 އޭޕްރީލް 2013 ވާ ހޯމަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

7 ޖުމާދަލްއާޚިރު 1434

17 އޭޕްރީލް 2013