އެކްސްޓްރަޑިޝަންގެ ބިލު ބަލައިގެންފި

Riyazސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، އެކްސްޓްރަޑިޝަންގެ ބިލު  ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

މި ބިލު ބަލައިގަނެފައިވަނީ 54 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މި ބިލު ބަލައިގަތުމާގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފައެވެ.

މީގެއިތުރުން ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 78/71 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހާފައިވެއެވެ. ނަމަވެސް މި ބަލައިގަންނަން ފާސްކުރައްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބިލަށް ބަހުސް ކުރައްވާފައިވެއެވެ. މިއަދުގެ ޖަލްސާގައި މި ބިލަށް 11 މެންބަރުން ވާހަކަ ދައްކާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 17 އޭޕްރީލް 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

6 ޖުމާދަލްއާޚިރު 1434

16 އޭޕްރީލް 2013