މ.އެމޭޒަން، ޑޮކްޓަރ އާއިޝަތު ޝެހެނާޒް އާދަމް، އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް މަޝްވަރާ އެރުވުމަށް ފެނިވަޑައިގަންނަވާކަމަށް ފާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން،    އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު، މ.އެމޭޒަން، ޑޮކްޓަރ އާއިޝަތު ޝެހެނާޒް އާދަމް، އެކުވެރި ޢަރަބި ޢިމާރާތަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް މަޝްވަރާ އެރުވުމަށް ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ 45 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 1 މެންބަރަކު ވޯޓް ދެއްވާފައިވެއެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 16 އޭޕްރީލް 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

5 ޖުމާދަލްއާޚިރު 1434

15 އޭޕްރީލް 2013