ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 187 ވަނަ މާއްދާއާއި އަދި ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައި ވާގޮތުގެ މަތީން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރެއްގެ މަޤާމް ހުސްވުމާގުޅިގެން، ޤާނޫނު ނަންބަރު 9/2010 ( ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމައްޓަކައި، ސިވިލް ސަރވިސް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: 57-F/IU/2012/53އިއުލާން ބާޠިލުކޮށް، 21 އޭޕްރިލް 2013 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، އަލުން  އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލައި، އެކަން ޢާންމުކޮށް 10 އޭޕްރިލް 2013 ގައި އިއުލާން ކުރައްވައިފިއެވެ.

https://old.majlis.gov.mv/di/10188