ވޯޓު ސިއްރު ކުރުމާގުޅޭގޮތުން ހިޔާލް ތަފާތުވުން އުފެދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފި

majlis raeesދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 17 މެންބަރަކު ސޮއިކުރައްވައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލް އާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް މުޙަންމަދު ނާޒިމްގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލަތަކުގައި ނަގާ ވޯޓު ސިއްރު ކުރުމާގުޅޭގޮތުން ހިޔާލް ތަފާތުވުން އުފެދި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިންމަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވިއިރު ވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޖަމީލްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ބަހުސް ނިންމަވާލައްވާފައެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ފައްޓަވާފައެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 9 އޭޕްރީލް 2013 ވާ އަންގާރަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

27 ޖުމާދަލްއޫލާ 1434

08 އޭޕްރީލް 2013