ޤަވާއިދު ކޮމިޓީގެ މިއަހަރުގެ 03 ވަނަ ބައްދަލުވުން ބާއްވަވައިފި

މިއަދުގެ ޤަވާއިދު ކޮމިޓީގެ ބައްދަލުވުމުގައި “ވަޒީފާ އަދާ ކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާއިދު (ޤަވާއިދު ނަންބަރ:22/R-2011) އިސްލާޙުކޮށް ރެކްރޫޓިންގ އޭޖެންސީ ތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް އެދި ހުށައަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރައްވައިފިއެވެ.

އަދި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ފަރާތުން ހުށައަޅުއްވާފައިވާ ޤަވާއިދުތަކަކީ އާންމު ޤަވައިދުތަކާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރ:6/2008) ގެ ދަށުން ގާނޫނީ ގޮތުން ބާރުލިބޭ ޤަވާއިދުތަކެއް ކަމުގައި ހަމަޖެއްސެވުމައްޓަކައި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ފަރާތުން ހުށައަލުއްވާފައިވާތީ، މިކަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމައްޓަކައި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވިއެވެ.

ޤަވާއިދު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއް ރަޙީމް، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމް އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ.