ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް 5 ނަންފުޅެއް ފާސްކުރައްވައިފި

majlis 111ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ 12 ނަންފުޅުތަކުގެ ތެރެއިން އިޤްތިޞާދީ ކޮމިޓީން ދިރާސާކުރައްވައި އެންމެ ގިނައިން މާކްސް ދެއްވި 5 ނަންފުޅެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

އެއީ ހ. އާޒާދެވާދީ ވިޒާދު އަލީ އާއި ގ. އަތަ ޔޫސުފް މާނިއު މުހައްމަދު އާއި ގއ. ކަނޑުހުޅުދޫ ބްރޫރޯޒް ޖިހާދާ އަނީސް އާއި މާލެ ދަފްތަރު 2245 ފަރީޝާ އާދަމް އާއި ގ. އަލީއާބާދު ފާތުމަތު ޝަމްވީލާ އެވެ.

މިހުރިހާ ނަންފުޅެއްވެސް ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 27 މާޗް 2013 ވާ ބުދަދުވަހު ހެނދުނު 09:00 ޖަހާއިރު ރައްޔިތުންގެ މަޖިލީސްކުރާ ގޭގައެވެ.

14 ޖުމާދަލްއައުލާ 1434

26 މާރޗް 2013